ހާކްގެ ފަރާތުން ހެލްތް ޑޭ ފާހަގަކޮށްފި

ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބްގެ ފަރާތުން ޑައިބެޓިކް ސޮސައިޓީއާއި ގުޅިގެން މިމިނިސްޓްރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހެލްތު ޑޭ އެއް ފާހަގަކޮށްފިއެވެ.

މިހެލްތު ޑޭގެ މަޤްޞަދަކީ މުވައްޒަފުންގެ މެދުގައި ހަކުރުބައްޔާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ހަކުރުބަލި ޖެހުމުގެ ނުރައްކާބޮޑީ ކޮންބަޔަކަށްތޯ ބެލުމާއި ހަކުރުބަލީގެ މީހުންނަށް ބައްޔާއިއެކު އާދައިގެ ދިރިއުޅުމަށް އެހީވެދިނުމެވެ.

މިޕްރޮގްރާމްގެ ތެރެއިން ހިންގުނު ހަރަކާތްތަކަކީ ހަކުރުބައްޔާއި ބެހޭ މަޢުލޫމާތު ދިނުމާއި ހަކުރުބައްޔަށް ޓެސްޓްކުރުމާއި ލޭގެ ޕްރެޝަރު ބަލައިދިނުމާއި އިސްކޮޅާއި ބަރުދަން ބަލައިދީ އިސްކޮޅާއި ގުޅުވައިގެން ބަހައްޓަންވީވަރު އަންގައިދިނުމާއި ހަށިގަނޑުގައި ސަރުބީ ހުރީ މިންވަރު ބަލައިދިނުމާއި އުނަގަނޑުގެ ވަށަމިން ހުންނަ މިންވަރު ބަލައިދިނުމާއި އަދި ހަކުރުބަލި ޖެހުމުގެ ފުރުޞަތު ބޮޑު މިންވަރު ބަލައިދިނުމެވެ.

2013 ޖޫން 4 ވަނަ ދުވަހު 14:00 ން 15:00 ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވިއެވެ.