ޖެންޑަރ ހެރޭސްމަންޓާ ބެހޭ ވޯކްޝޮޕެއް ބާއްވައިފި

މިމިނިސްޓްރީގެ ފަރާތުން އިސްނަގައިގެން މިނިސްޓްރީގެ މުވައްޒަފުންނާއި މިނިސްޓްރީގެ ދާއިރާތަކުގެ މުވައްޒަފުންނަށް ޖެންޑަރ ހެރޭސްމަންޓާ ބެހޭ ވޯކްޝޮޕެއް ބާއްވައިފިއެވެ.

މިވޯކްޝޮޕްގައި މަޢުލޫމާތު ދެއްވި ބައިތަކުގެ ތެރޭގައި ޖެންޑަރއަކީ ކޮބައިކަމާއި ސެކްޝުއަލް ހެރޭސްމަންޓްއަކީ ކޮބައިކަމާއި އެހެބިފައިވާ ބައިތަކުގެ މައްޗަށާއި، މުޖްތަމަޢުގައި އަންހެނުންގެ ރޯލަކީ ކޮބައިކަން އަދި ޖެންޑަރ މެއިން ސްޓްރީމާއި ބެހޭގޮތުންނާއި ގެވެށި އަނިޔާ ހުއްޓުވުމާއި ބެހޭ ބިލާއި ބެހޭގޮތުންނެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިވޯކްޝޮޕްގައި މަޢުލޫމާތު ދެއްވީ ޖެންޑަރ މިނިސްޓްރީގެ ކަމާގުޅޭ ޓްރޭނަރުންނެވެ. މިމިނިސްޓްރީގެ ފަރާތުން މިވޯކްޝޮޕްގައި 24 މުވައްޒަފުން ބައިވެރިވިއެވެ. މިއީ މިގޮތުން ހިންގުނު ފުރަތަމަ ވޯކްޝޮޕެވެ.