ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު މިނިސްޓްރީ އޮފް ހޯމްއެފެއާޒް ހިންގުމާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ވަޒީރާ ބައްދަލުކުރައްވައިފި

ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ދަ ރައިޓް އޮނަރަބްލް ސަރ ޑޮނަލްޑް މެކިނަން މިނިސްޓްރީ އޮފް ހޯމް އެފެއާޒް ހިންގެވުމާ ވަގުތީ ގޮތުން ޙަވާލުވެހުންނެވި އަލްފާޟިލް އަޙްމަދު ޝަފީޢުއާ ބައްދަލުކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި އެކި ކަންތައްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ޝަހީބު ބައިވެރިވެ ވަޑައިގެންނެވިއެވެ.