ސްރީލަންކާގެ ޕޮލިސް އިންސްޕެކްޓަރ ޖެނެރަލާ މިނިސްޓަރ އޮފް ހޯމްއެފެއާޒް ބައްދަލުކުރައްވައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ޕޮލިސް އިންސްޕެކްޓަރ ޖެނެރަލް އެން.ކޭ.އިލާންގް ކޫން އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ހިންގެވުމާ ވަގުތީ ގޮތުން ޙަވާލުވެހުންނެވި އަލްފާޟިލް އަޙްމަދު ޝަފީޢު ބައްދަލުކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ޕޮލިހުންގެ ދެމެދުގައިވާ ގުޅުމާބެހޭގޮތުން ވާހަކަދައްކަވާ އަދި އިތުރަށް މިގުޅުން ބަދަހިކުރާނެ ގޮތާއި މެދު މަޝްވަރާކުރެވުނެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަޒް އަލްފާޟިލް އަޙްމަދު ފަޔާޒާއި ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ޝަހީބު ބައިވެރިވެ ވަޑައިގެންނެވިއެވެ.