ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ޝަހީބު ސެކްޝަންތަކާ ބައްދަލުކުރައްވައިފި

މިމިނިސްޓްރީގެ އާ ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް

ޝަހީބު ސެކްޝަންތަކާ ވަކިވަކިން ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގެ ބޭނުމަކީ އެކިއެކި ސެކްޝަންތަކުން

ކުރަމުންދާ މަސައްކަތް އޮޅުންފިލުއްވާ އެކަމާބެހޭގޮތުން މަޝްވަރާކޮށް

މަސައްކަތްހިނގަމުންދާ ގޮތް ބައްލަވާލެއްވުމެވެ. މިބައްދަލުވުންތަކުގައި ހުރިހާ މުވައްޒަފުންވެސް ޓީމެއްގެ ގޮތުގައި

މަސައްކަތްކުރުމަށް އެދިވަޑައިގަތެވެ.

މިމިނިސްޓްރީއާއި ޕާމަނަންޓް ސެކްރެޓަރީ ގުޅިވަޑައިގަތީ

2013 އޭޕްރީލް 30 ވަނަ ދުވަހުއެވެ.