ތުރުކީގެ ނޭޝަނަލް ޕޮލިސްގެ ބޭފުޅުންނާ ހޯމްމިނިސްޓަރ ބައްދަލުކުރައްވައިފި

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތުރުކީގެ ނޭޝަނަލް ޕޮލިސްގެ ބޭފުޅުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް ހިންގެވުމާ ވަގުތީ ގޮތުން ޙަވާލުވެހުންނެވި އަލްފާޟިލް އަޙްމަދު ޝަފީޢު ބައްދަލުކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ޕޮލިހުންގެ ދެމެދުގައިވާ ގުޅުމާބެހޭގޮތުން ވާހަކަދައްކަވާ އަދި އިތުރަށް މިގުޅުން ބަދަހިކުރާނެ ގޮތާއި މެދު މަޝްވަރާކުރެވުނެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަޒް އަލްފާޟިލް އަޙްމަދު ފަޔާޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.