ކުރޫގާ ވެލާނާފުޓްސެލް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެންޕިއަންކަން މާލޭ ސިޓީ ކައުންސިލުން ހޯދައިފި.

ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުންގެންދާ ވެލާނާ ފުޓްސެލް ކަޕް ފުޓްބޯޅާ މުބާރާތުގެ 2013 ގެ ޗެންޕިއަންކަން މާލޭ ސިޓީ ކައުންސިލް އިދާރާ ހޯދައިފިއެވެ.

ރޭ މާފަންނު ސްޓޭޑިއަމް (މިނީ ފުޓްސެލް ގްރައުންޑް) ގައި ކުޅުނު ފައިނަލް މެޗުން އިމިގްރޭޝަން އަތުން ސިޓީ ކައުންސިލްގެ އިދާރާ ކުރިހޯދީ 3-3 ން އެއްވަރުވެގެން ޕެނަލްޓީ ޖަހައިގެން 4-5 ން ނެވެ.

މިމުބާރަތަކީ ސަރުކާރުގެ އޮފީސްތަކަށް ޚާއްޞަކޮށްގެން ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބުގެ ފަރާތުން ބޭއްވި 2 ވަނަ މުބާރާތެވެ. މުބުރާތުގައި 16 ޓީމެއް މިއަހަރުވަނީ ބައިވެރިވެފައެވެ.

ޗެމްޕިއަން ޓީމަށް 10,000 ރުފިޔާ އާއި ތަށި ހަވާލު ކޮށްދެއްވީ މިނިސްޓްރީ އޮފް ހިޔުމަން ރިސޯސް، ޔޫތް އެންޑް ސްޕޯޓްސްގެ ސްޕޯޓްސް އެޑްވައިޒަރ އަލްފާޟިލް ޝާހް އިސްމާޢީލްއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯ ގެ ކްރޫގާ އިންސްޓަންޓް ކޮފީއެވެ.