ކުރޫގާ ވެލާނާފުޓްސެލް ކަޕް 2013 މުބާރާތުގެ ފައިނަލް މެޗް މިރޭ ކުޅޭނެ.

ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުންގެންދާ ވެލާނާ ފުޓްސެލް މުބާރާތުގެ ފައިނަލް މެޗް މިރޭ 9:00 ގައި މާފަންނު ސްޓޭޑިއަމް (މިނީ ފުޓްސެލް ގްރައުންޑް) ގައި ކުޅޭނެއެވެ. ފައިނަލް މެޗް ގައި ބައްދަލުކުރާނީ އިމިގްރޭޝާނާއި ސިޓީ ކައުންސިލް އިދާރާއެވެ.

މިމުބާރަތަކީ ސަރުކާރުގެ އޮފީސްތަކަށް ޚާއްޞަކޮށްގެން ބޭއްވުނު 2 ވަނަ މުބާރާތެވެ. މުބުރާތުގައި 16 ޓީމެއް މިއަހަރުވަނީ ބައިވެރިވެފައެވެ.

ޗެމްޕިއަން ޓީމަށް 10,000 ރުފިޔާ ކަނޑައެޅިފައި މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯ ގެ ކްރޫގާ އިންސްޓަންޓް ކޮފީއެވެ.