ވެލާނާފުޓްސެލް މުބާރާތް މިމަހު 31 ބާއްވާ ގޮތަށް ހަމަޖެހިއްޖެ

ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުންގެންދާ ވެލާނާ ފުޓްސެލް މުބާރާތް މިމަހުގެ 31 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ. މިމުބާރަތަކީ ސަރުކާރުގެ އޮފީސްތަކަށް ޚާއްޞަކޮށްގެން ބާއްވަމުން ގެންދާ މުބާރާތެކެވެ. މުބުރާތުގައި 16 ޓީމެއް މިއަހަރުވަނީ ބައިވެރިވިއެވެ.

ޗެމްޕިއަން ޓީމަށް 10,000 ރުފިޔާ ކަނޑައެޅިފައި މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯ ގެ ކްރޫގާ އިންސްޓަންޓް ކޮފީއެވެ.

މިމަހުގެ 31 ން އޭޕްރީލް 10 ގެ ނިޔަލަށް ބާއްވާ މިމުބާރާތް އޮންނާނީ މާފަންނު ސްޓޭޑިއަމް (މިނީ ފުޓްސެލް ގްރައުންޑް) ގައެވެ.

ވެލާނާކަޕް ފުރަތަމަ ބޭއްވީ ވޭތުވެދިޔަ އަހަރުއެވެ.