ކުރޫގާ ވެލާނާ ފުޓްސެލް ކަޕް 2013 ފެށިއްޖެ

ހޯމް މިނިސްޓްރީގެ ރިކްރިއޭޝަން ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތުގެ ވެލާނާކަޕް 2 ރޭ މާފަންނު ސްޓޭޑިއަމްގައި ފެށިއްޖެއެވެ.

މިމުބާރާތް ހުޅުވައި ދެއްވީ ހޯމްމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މަރިޔަމް ވަހީދާއެވެ.

މިމުބާރާތުގައި ރޭ ކުޅުނު މެޗްތަކަށް ބަލާއިރު،

1. މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރ އާއި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސް ބައްދަލުކުރި މެޗުން 5-0 ން މޮޅުވީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރއެވެ.

2. ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ބައްދަލުކުރި މެޗުން 7-1 މޮޅުވީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އެވެ.

3. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ބައްދަލުކުރި މެޗުން 5-2 މޮޅުވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޛަރީއެވެ

4. މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ބައްދަލުކުރި މެޗުން 0-4 މޮޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހެވެ.

5. ރައްޔިތުންގެ މަޖިލިސް އިދާރާ އާއި ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިޔުމަން ރައިޓްސް ބައްދަލުކުރި މެޗުން 9-2 މޮޅުވީ ރައްޔިތުންގެ މަޖިލިސް އިދާރާއެވެ.

މިމުބާރާތުގައި ބައިވެރިވި އޮފީސްތަކަކީ މިނިސްޓްރީ އޮފް ހައުސިންގ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޛަރީ، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް، ސިވިލްސަރވިސަސް ކޮމިޝަން، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރ، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މާލޭ ސިޓީ ކައުންސިލްގެ އިދާރާ،ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން،އޮޑިޓަރ ޖެނެރަލްގެ އޮފީސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ރައްޔިތުންގެ މަޖިލިސް އިދާރާ، އޮޑިޓަރ ޖެނެރަލްގެ އޮފީސް،މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އެންޓި- ކޮރަޕްޝަން ކޮމިޝަން. އެޓާރނީ ޖެނެރަލްގެ އޮފިސް ،މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިޔުމަން ރައިޓްސް އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްއެވެ.

މިމުބާރާތުގެ އިތުރު މެޗުތަކެއް މިރޭވެސް މާފަންނު ސްޓޭޓިއަމްގައި ކުރިޔަށްދާނެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓިއޯ ކުރޫގާކޮފީއެވެ.