ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރާ ހޯމްމިނިސްޓަރ ޑރ. ޖަމީލު ބައްދަލުކުރައްވައިފި

ޕާކިސްތާނު ސާރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފއި ހުންނަވާ ސަފީރު، މިސްޓަރ މުޙަންމަދު ސަޢީދު ޚާންއާ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުމާބެހޭގޮތުން ދެބޭފުޅުން ވާހަކަދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަޒް އަލްފާޟިލް ޙުސައިން މަނިކު ދޮންމަނިކު ބައިވެރިވެ ވަޑައިގަތެވެ.