ހޯމްމިނިސްޓްރީގެ ސްޓްރަކްޗަރ އަލުން އެކުލަވާލުމުގެ މަސައްކަތްފަށައިފި

މިމިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސްޓްރަކްޗަރ އަލުން އެކުލަވާލުމުގެ މަސައްކަތްފަށައިފިއެވެ. ސްޓްރަކްޗަރ އަލުން އެކުލަވާލުމުގެ މަގްޞަދަކީ މިމިނިސްޓްރީގެ މިހާރުގެ ސްޓަރަކްޗަރ މެއިންޑޭޓަށް ނުފެތޭތީ މެއިންޑޭޓާ އެއްގޮތަށް އަލުން ސްޓްރަކްޗަރ އެކުލަވާލުމެވެ.

މިސްޓްރަކްޗަރ އެކުލަވާލުމަށްފަހު މިމިނިސްޓްރީގެ އިސްވެރިން މިއާއި ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ބައްދަލުވުމެއް މިއަދު ބޭއްވިއެވެ. މިބައްދަލުވުމުގައި ސްޓްރަކްޗަރ ބެހޭގޮތުން މަޝްވަރާކުރުމަށްފަހު އިތުރަށް ގެންނަން ފެންނަ އިޞްލާހުތައް ހުށަހަޅުއްވާ އެއިޞްލާޙުތައް ގެނައުމަށް ނިންމެވިއެވެ.

މިސްޓްރަކްޗަރ އެކުލަވާލާ، މިއާއި އެއްގޮތަށް މަސައްކަތްކުރަން ފެށުމުން މިމިނިސްޓްރީގެ މަސައްކަތްތައް އާއޮނިގަނޑާއި އެއްގޮތަށް ކުރުމަށް މަގުފަހިވެގެންދާނެއވެ.