ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި.

ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު 2013 ފެބްރުއަރީ 21 ވީ ބުރާސްފަތި ދުވަހު ކ މާފުށީގައި ބާއްވަައިފިއެވެ.

މިމިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަންއާއި ގުޅިގެން 2013 ފެބްރުއަރީ 17 ން 20 ށް ހިންގި ޓްރޭނިންގައި، އަމާޒު ކުރެވިފައިވަނީ ކ.މާފުށި ، ކ.ހިންމަފުށި އަދި މާލޭ ޖަލުގައި މަސައްކަތް ކުރާ ޕްރިޒަންސް އޮފިސަރުންނަށެވެ. މިޓްރެއިނިންގ ޕްރޮގްރާމްގައި 22 މުވައްޒަފުން ބައިވެރިވެ 21 މުވައްޒަފަކު ސެޓްފިކެޓް ހާޞިލް ކޮށްފައިވެއެވެ.

މިޓްރެއިނިންގ ގައި ކިޔަވައި ދެވުނު ބައިތަކަކީ 18 އަހަރުން ދަށުގެ ކުޑަކުދިން ހުކުމް ތަންފީޒު ކުރުމަށްޓަކައި ހައްޔަރު ކުރާ ތަނުގައި ހުންނަން ޖެހޭނެކަމަށް އދ. އިން ކަޑައަޅުއްވާފައިވާ މިނިމަމް ސްޓޭންޓަޑް ތަކާއި އެކުދިންނަށް ލިބިދެވޭ ހައްޤުތަކުގެ މައްޗަށެވެ. އަދި އޭގެ އިތުރަށް މުޢާމަލާތް ކުރުމުގެ އުސޫލްތަށް ދަސްކޮށްދެއްވައި، މިޓްރެއިނިންގ ގައި ތަނުގައި ތިބޭ ކުދިންނަށް ހިންގި ދާނެ ޕްރޮގްރާމް ތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެއެއެވެ.

މިޓްރެއިނިންގ ޕްރޮގްރާމަކީ މިގޮތަައްބޭއްވުނު 13 ވަނަ ޓްރެއިނިންގ ޕްރޮގްރާމެވެ.