ނައިޖީރިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ހޯމްމިނިސްޓަރ ބައްދަލުކުރައްވައިފި

ނައިޖީރިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ މިސްޓަރ ޑައުޑާ ޑަންލާޑި ހޯމްމިނިސްޓަރ ޑރ. މުޙައްމަދު ޖަމީލް އަޙުމަދާއި ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ނައިޖީރިޔާގެ އިޤްތިޞާދު ބިނާވެފައިވާ ގޮތާއި، އެޤައުމުގެ ހާލަތު ބާޔާން ކުރެއްވިއެވެ. އަދި ދިވެހިރާއްޖެ ނައިޖީރިޔާ އާއި ދެމެދު ވަރަން ކުރިންސުރެއް ސިޔާސީ ގުޅުންޤާއިމް ކުރެވިފައިވާ ކަމަށާއި އެގުޅުން އޮތީ ވަރަށް ހަރުދަނާ ކޮށްކަމަށް ވިދާޅުވިއެވެ.

ހޯމްމިނިސްޓަރ ޑރ. މުހައްމަދު ޖަމީލް އަޙުމަދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިގްތިޞާދީ ހާލަތާއި ސިޔާސީ ހާލަތު ބަޔާންކޮށްދެއްވިއެވެ. މިބައްދަލުވުން ބޭއްވުނީ މިއަދު މެންދުރު ހޯމްމިިނިސްޓްރީގައެވެ.