ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށްގެން ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމެއް ފެށިއްޖެ.

ޕްރިޒަން އޮފިސަލުންނަށް އަމާޒުކޮށްގެން، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމެއް ކ. މާފުށީގައި ފެށިއްޖެއެވެ. މިމިނިސްޓްރީގެ ޖެވެނައިލް ޖަސްޓިސް ޔުނިޓާއި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަންއާއި ގުޅިގެން މިހިނގާ ފެބްރުއަރީ މަހުގެ 17 ން 20 ށް ހިންގާ ޓްރޭނިންގައި، ބަންދުގައިތިބޭ ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތެއް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެކުދިން އަނބުރާ މުޖްތަމަޢަށް ގެނުއުމާބެހޭ ގޮތުން ތަމްރީނު ދެވޭނެއެވެ.

30 ޕްރިޒަން އޮފިސަލުން ބައިވެރިވާ މިޓްރެއިނިންގ ޕްރޮގްރާމްގައި ތަމްރީނު ދެއްވަނީ ޖެވެނައިލް ޖަސްޓިސް ޔުނިޓާއި ޖުވެނައިލް ކޯޓާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަރެކްޝަނަލް ސެންޓަރ ފޮރ ޗިލްޑްރަންގެ ކަމާބެހޭ ބޭފުޅުންނެވެ.