ސުލްޙަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިންވަންކަމުގެ ޤާނޫނަށް އަޙުލުވެރިކުރުމުގެ ބައްދަލުވުން އިފްތިތާޙްކޮށްފި

ހޯމް އެފެއަރޒް އަލްފާޟިލް މުޙަންމަދު ފަޔާޟް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމްއެފެއަރޒްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް (އައިލްސް) ގުޅިގެން އިސްކަންދަރުކޮށީގައި މިއަދު ފެށުނު ސުލްޙަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އަޙުލުވެރިކުރުމުގެ ބައްދަލުވުން އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ސްޓޭޓް މިނިސްޓަރ ފަޔާޟް ވިދާޅުވީ ހޯމް މިނިސްޓްރީގެ ދާއިރާއާގުޅޭ މިފަދަ އެހެން ޤާނޫނުތަކަށްވެސް ކަމާބެހޭ ފަރާތްތައް އަޙުލުވެރިކުރުމުގެ ބައްދަލުވުންތައް މުސްތަޤްބަލުގައި ކުރިއަށް ގެންދަވާނެކަމަށާއި މިއަދުގެ ބައްދަލުވުމަކީ މިކަމުގެ ފެށުމެއްކަމުގައެވެ.

ސުލްޙަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުމުގެ ގޮތުން އިސްކަންދަރުކޮށީގައި މިއަދު ފެށުނު ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި އެން.ޖީ.އޯތަކާއި މިނިވަން މުއައްސަސާތަކާއި އަދި މީޑިއާގެ ފަރާތުން މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ. މިއަދުގެ ހެނދުނު 09:00 ން ހަވީރު 15:00 އަށް ކުރިއަށް ދިޔަ މިބައްދަލުވުމުގައި މައިގަނޑު ޕްރެޒެންޓޭޝަންތައް ހުށަހެޅުނެވެ. ފުރަތަމަ ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވީ ޑިމޮކްރެޓިކް ހައުސްގެ ފަރާތުން އަލްއުސްތާޛް މުޙަންމަދު އަނިލްއެވެ. ދެވަނަ ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝަމީމެވެ.