ހޯމްމިނިސްޓްރީގެ ވެރިންނަށް އާ އަހަރުގެ ޓާގެޓް ކަނޑައަޅާނެ ގޮތާއި އެޕްރައިޒަލް ފޯމް ފުރާނެ ގޮތުގެ މަޢުލޫމާތު ސިވިލްސަރވިސް ކޮމިޝަނުންދީފި

ހޯމް މިމިނިސްޓްރީގެ ސެކްޝަން، ޔުނިޓް އަދި ޑިވިޜަން ތަކުގެ ވެރިންނާއި އެބޭފުޅުންގެ ދަށުން މަސައްކަތް ކުރައްވާ ސްޕަވައިޒަރުންނަށް ފާއިތުވި އަހަރުގެ އެޕްރައިޒަލް ފޯމްފުރާނެ ގޮތުގެ މަޢުލޫމާތު ސިވިލްސަވިސް ކޮމިޝަނުން ދީފިއެވެ.

އާއަހަރަށް ޓާގެޓްތައް ކަނޑައަޅާނެ ގޮތުގެ މަޢްލޫމާތާއި ތަމްރީނު ދިނުމުގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ކަމާގުޅޭ ބޭފުޅުންނެވެ.

ދޮޅުގަޑިއިރުގެ މިޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވި މުވައްޒަފުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދިނުންވެސް އޮތެވެ. މިއީ މިގޮަތަށް އިންތިޒާމްކުރެވިގެން ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.