ދެ އަހަރުވަންދެން އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ހުށަނާޅާ ޖަމްޢިއްޔާތަށް އުވާލަން ނިންމައިފި

ފެބްރުއަރީ 24 ގެ ނިޔަލަށް ދެއަހަރުވަންދެން އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ހުށަނާޅާ ޖަމްޢިއްޔާތަށް އުވާލަން ހޯމްމިނިސްޓްރީން ނިންމައިފިއެވެ.

މިމިނިސްޓްރީން މިކަން ހާމަކުރެއްވީ 26 ޑިސެމްބަރ 2012 ގެ ޢާންމުކުރެއްވި އިޢުލާނަކުންނެވެ.

އެއިޢުލާންގައި ބަޔާންކޮށްފައިވަނީ ޤާނޫނު ނަމްބަރ 2003/1 (ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ވިދިވިދިގެން 2 އަހަރު ވަންދެން އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ހުށަހަޅާފައި ނުވާ ޖަމްޢިއްޔާތަކާއި ހިންގާ ކޮމިޓީގެ މުއްދަތު ހަމަވުމުން ކުރިއަށް އޮތް ދައުރަށް ހިންގާ ކޮމިޓީ ހިންތިޚާބު ކުރުމަށްފަހު މިމިނިސްޓްރީއަށް ހުށަނާޅާ 2 އަހަރު ވެފައިވާ ޖަމްޢިއްޔާތަށް 24 ޑިސެމްބަރ 2012 އިން ފެށިގެން ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މިކަންކަން ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށެވެ. އަދި މިމުއްދަތުގެ ތެރޭގައި ހިންގާ ކޮމިޓީއާއި،އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ހުށަނާޅާ ކްލަބް ޖަމްޢިއްޔާތައް އުވާލެވޭނެކަމުގައެވެ.