2012 ވަނަ އަހަރު އަލަށް 120 ޖަމްޢިއްޔާ ހޯމްމިނިސްޓްރީގައި ރަޖިސްޓްރީކުރި

ވޭތުވެދިޔަ 2012 ވަނަ އަހަރު ކްލަބް ޖަމްޢިއްޔާގެ ގޮތުގައި ހޯމްމިނިސްޓްރީގައި 120 ޖަމްޢިއްޔާ ރަޖިސްޓްރީކޮށްފިއެވެ. މިގޮތުން ޖެނުއަރީ މަހު 7 ޖަމްޢިއްޔާ، ފެބްރުއަރީ މަހު 3 ޖަމްޢިއްޔާ، މާޗްމަހު 3 ޖަމްޢިއްޔާ، އޭޕްރީލް މަހު 17 ޖަމްޢިއްޔާ، މެއި މަހު 16 ޖަމްޢިއްޔާ، ޖޫންމަހު 8 ޖަމްޢިއްޔާ، ޖުލައި މަހު 11 ޖަމްޢިއްޔާ، އޮގަސްޓް މަހު 8 ޖަމްޢިއްޔާ، ސެޕްޓެމްބަރ މަހު 10ޖަމްޢިއްޔާ، އޮކްޓޮބަރ މަހު 8 ޖަމްޢިއްޔާ، ނޮވެމްބަރ މަހު 15 ޖަމްޢިއްޔާ އަދި ޑިސެމްބަރ މަހު 12 ޖަމްޢިއްޔާ ރަޖިސްޓްރީކޮށްދެވިފައިވެއެވެ.

ކްލަބް ޖަމްޢިއްޔާތަކުގެ ޤާނުނާ އެއްގޮތަށް ރާއްޖޭގައި ހިންގާ ޖަމްޢިއްޔާތައް ވަރަށް މަދެވެ. ކްލަބް ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމާއި އެފަރާތްތަކަށް ހުރި ދަތިތަކާމެދު މަޝްވަރާކުރުމަށް ހޯމްމިނިސްޓްރީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ވަނީ ޖަމްޢިއްޔާތަކުގެ ފޯރަމެއް މިދިޔަ އަހަރު ރ.މީދޫގައި ބާއްވާފައެވެ.

ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުން ނުގެންދާތީ ވޭތުވެދިޔަ އަހަރު ވަނީ އެއްޖަމްޢިއްޔާ އުވާލެވިފައެވެ. އެޖަމްޢިއްޔާއަކީ ގޯލްޑަން ސްޓާރ ސްޕޯޓްސް ކްލަބްއެވެ.

ކްލަބްޖަމްޢިއްޔާތަކަށް ޚާއްޞަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރެވެމުންނެވެ.