ޤައުމީ ދުވަސް ރަސްމީކޮށް ލ. އަތޮޅު ފޮނަދޫ ގައި ފާހަގަކޮށްފި

މިނިސްޓްރީ އޮފް ހޯމްްއެފެއާޒުން އިސްނައިގެން 1434 ވަނަ އަހަރުގެ ޤައުމީ ދުވަސް ލ. އަތޮޅު ފޮނަދޫގައި ފާހަގަކޮށްފިއެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން ލ.އަތޮޅު ފޮނަދޫ ގައި ހިންގި ޙަރަކާތްތައް ފެށުނީ ގައުމީ ރޭ 8 ޖެހިއިރު ފޮނަދޫ ރައްޔިތުންގެ ފަރާތުން ދެއްވި ރޭގަނޑުގެ ޖާފަތަކުންނެވ. ޤައުމީ ދުވަހުގެ ޕްރޮގްރާމްތައް ފެށުނީ ހެނދުނު 6 ޖެހިއިރު އޮތް ދިދަނެގުމުގެ ރަސްމިއްޔާތުންނެވެ. މީގެ އިތުރުން ހެނދުނު 7 ޖެހިއުރު ގަސްއިންދުން އަދި 9 ޖެހިއިރު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުނެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކު ޤައުމާ މުޚާޠަބުކޮށް ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ.މުޙަންމަދު ޖަމީލު އަހްމަދުވެސް މިރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ.

މެންދުރު ނަމާދަށްފަހު ދުވަހާ ގުޅޭ ޚާއްޞަދުޢާއެއް ކުރުން އޮތެވެ. މެންދުރު ފަހު 2 ޖެހިއިރު ޤައުމީ ދުވަހުގެ ފޯރަމެއް ބޭއްވުނެވެ. މިފޯރަމަކީ ޤައުމީ މައްސަލަތަކާއި މެދު ވާހަކަ ދައްކާ މަޝްވަރާކުރުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެވެ.

ހަވީރު 4:00 ގައި ޤައުމީ ދުވަހުގެ ކުޅިވަރުތައް ކުރިމަގު ބޯޅަދަނޑުގައި އޮތެވެ. އަދި ސިފައިންނާއި ސްކޫލްކުދިންގެ ރޫޓްމާޗް ފޮނަދޫ މަގުތަކުގައި ބޭއްވުނެވެ. ރޭގަނޑު 8:30 ގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ދެއްވި ރޭނގަޑުގެ ފަރީއްކޮޅަށްފަހު 9 ޖެހިއިރު ސްޓޭޖް ޝޯއެއް އޮތެވެ. މިޝޯގައި ދިވެހި ފަންނާނުންގެ މިއުޒިކާއިލަވަ ހުށަހަޅާދިނެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ފަހުގެ ހަރަކާތަކީ 14 ވަނަ ދުވަހުގެރޭ ފޮނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަޑިބޭހުގެ ކުޅިވަރެވެ.