މަދަނީ ތަޢުލީމުގެ ޤައުމީ ކެންޕޭންގެ ދަށުން ކ. ތުލުސްދޫ ގައި މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެ.

މަދަނީ ތަޢުލީމުގެ ޤައުމީ ކެންޕޭންގެ ދަށުން "އަމާން ރަށްވެހިކަން، ރައްޔިތުންނަށް ގޮވުން" މި ޝިޔާރުގެ ދަށުން ނޮވެމްބަރ 22 ން 23 ށް ކ. ތުލުސްދޫ ގައި މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގެ މަގުސަދަކީ ކުށްމަދު އަމާން ވެއްޓެއް ދިވެހިރާއްޖެގައި ޤާއިމުކުރުމެވެ.

މިމިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ، ލޯކަލް ގަވަރަމެންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް ޔޫތް އެންޑް ލޭބަރ، އެޓާނީ ޖެނެރަލްގެ އޮފީސް، ޖުވެނައިލް ޖަސްޓިސް ޔުނިޓް އަދި މޯލްޑިވްސް ފޮލިސް ސާރވިސްގެ ފަރާތުންނެވެ.

މިބައްދަލުވުމުގައި ބައިވެރިވަނީ ކ. އަތޮޅުގެ 9 ރަށުން، ކޮންމެ ރަށެއްގެ ރަށުކައުންސިލް އިދާރާއިން ތިން މެމްބަރުންނާއި، އަތޮޅު ކައުންސިލް އިދާރާގެ 5 މެމްބަރުންނާއި އަދި ކޮންމެ ރަށެއްގެ އެންމެ ޙަރަކާތްތެރި ޖަމްޢިއްޔާތަކުން 1 މަންދޫބަކާއި އެކު 37 ބައިވެރިންނެވެ.