ކްލަބް ޖަމްޢިއްޔާ ތަކުގެ ޤައުމީ މަހާސިންތާ ބާއްވާ ތާރީޙް ކަޑައެޅިއްޖެ

ކްލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން، "ރަށުގެ ތަރައްޤީއަށްޓަަކައި ކްލަބް ޖަމްޢިއްޔާތައް" މިޝިޔާރުގެ ދަށުން ޤައުމީ މަހާސިންތާއެއް ބާއްވާނެ ތާރީޚެއް ކަޑައެލިއްޖެއެވެ. މިމަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2012 ނޮވެމްބަރ 25 ން 28 ށް ރ. އަތޮޅު މީދޫގައެވެ.

ކްލަބް ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ އަމާޒުކުރެވިފައިވާ މަޤްޞަދަކީ ހިލޭސާބަހަށް ހަރަކާތްތެރިވާ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތައް ހޯމްމިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިންގަމުން ގެންދާ ކުލަބް ޖަމްއިއްޔާތައް، ގައުމުގެ ތަރައްޤީއަށްޓަަކައި ރަށުފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު ވަރުގަދަކުރުމެވެ. އަދި ތަރައްގީގެ މަސައްކަތްތަކާއި ގުޅުންހުރި މުއައްސަސާތަކާއި އެއްތަނަކުން ބައްދަލުވެ ހިއްސާކޮށް ގުޅުންހުރި މަސައްކަތްކުރާނެ އުސޫލުތަކެއް ކަނޑައެޅުމެވެ.

ކްލަބް ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި 100 މަންދޫބުން ބައިވެރިވާގޮތައްވަނީ ހަމަޖެހިފައެވެ. މިމަހާސިންތާއަކީ މިހާތަނަށް މާލެ ފިޔަވައި ރާއްޖެތެރޭގައި ބޭއްވޭ މިފަދަ ފުރަތަމަ މަހާސިންތާއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމުކޮށްގެން 2010 ވަނަ އަހަރު މާލޭގައި ވަނީ ރާއްޖޭގެ ހުރިހާ ކަންކަޮޅުތަކުން ބައިވެރިވެ ޤައުމީ ފޯރަމެއް ބާއްވާފައެވެ.