ޕޭރެންޓިންގ ސްކިލްސް ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް ނިމިއްޖެ

ޕޭރެންޓިންގ ސްކިލްސް ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމްގައެވެ. ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙަންމަދުސަލީމެވެ.

މިޓްރޭނިންގޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިން ތަރުބިއްޔަތުކުރުމާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމެވެ.

15 ބައިވެރިންނާއެކު ސެޕްޓެމްބަރ 30 ން އޮކްޓޯބަރ 11 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މިޕްރޮގްރާމްގައި ކިޔަވައި ދެއްވީ ލައިފް ނެޓްގެ ފަރާތުންނެވެ.