މިމިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ "ކުލަބް ޖަމްޢިއްޔާތަކުގެ ޤައުމީ މަޙާސިންތާ" ރ. މީދޫގައި ބާއްވާގޮތަށް ހަމަޖައްސައިފި.

މިމިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ "ކުލަބް ޖަމްޢިއްޔާތަކުގެ ޤައުމީ މަޙާސިންތާ" ރ. މީދޫގައި ބާއްވާގޮތަށް ހަމަޖައްސައިފި. ކުލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ން 20 ށް. މި މަޙާސިންތާގައި، ޖަމްޢިއްޔާތައް ޙަރަކާތްތެރިވުމުގައި ދިމާވާ ދަތިތަކާއި ބެހޭގޮތުން މަޝްވަރާކޮށް އެފަދަ ކަންތައްތައް ހައްލުކުރެވޭނޭ ގޮތްތަކެއް ހޯދާ، ޖަމްޢިއްޔާތަކުގެ ހުނަރުވެރިކަމާއި ތަޖްރިބާ ހިއްސާކުރާނެ. މީގެ އިތުރުން ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި ވޯކިންގ ސެޝަންތައް ވެސް ކުރިއަށްދާނެ. މިމަޙާސިންތާގައި ބައިވެރިވާ ފަރާތްތަކަށް ރ. މީދޫގައި ކެއުމާއި ހުރުމުގެ ކަންތައްތައް ހަމަޖައްސާ ދެވޭނެ. އަދި މަހާސިންތާގެ ބައިވެރިންނަށް ދެވޭ ދަތުރު އެލަވަންސުގެ މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކުރެވިފައި ހުންނާނެ. މިމަހާސިންތާގައި ބައިވެރިވުމަށް އެދޭ ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި (www.homeaffairs.gov.mv) ވެބްސައިޓުން މިހާރު ލިބެން ހުންނާނެ. މިމަހާ ސިންތާގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 24 އޮކްޓޯބަރު 2012 ވާ ބުދަ ދުވަހުގެ 13:00.