ޕޭރެންޓިންގ ސްކިލްސް ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް ފެށިއްޖެ

ޕޭރެންޓިންގ ސްކިލްސް ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް މިއަދު ފެށިއްޖެއެވެ. މިޓްރޭނިންގ ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިން ތަރުބިއްޔަތުކުރުމާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމެވެ. މިޓްރޭނިނގް ޕްރޮގްރާމްގައި ބައިވެރިވީ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ޖުވެނައިލްކޯޓާއި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި، ކ. ފޭދޫފިނޮޅުގެ ކަރެކްޝަނަލް ޓްރޭއިނިންގ ސެންޓަރ ފޮރ ޗިލްޑްރެންއާއި، ނޭޝަނަލް ޑްރަގު އޭޖެންސީއާއި، މާފުށި ކުޑަކުދިންގެ މަރުކަޒުންނާއި އަދި ޑީޕީއާރުއެސްގެ މުވައްޒަފުންނެވެ.

މިޕްރޮގްރާމް ކުރިއަށް ދާނީ މިސެޕްޓެމްބަރ މަހުގެ 30 ން އޮކްޓޯބަރ މަހުގެ 11 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމްގައެވެ. 15 ބައިވެރިން ހިމެނޭ މިޕްރޮގްރާމްގައި ކިޔަވައި ދެއްވާނީ ލައިފް ނެޓްގެ ފަރާތުންނެވެ. މިއީޔުނިސެފްގެ އެހީގައި ހިންގަމުންގެންދާ ޓްރޭނިންގ ޕްރޮގްރާމެކެވެ.