ސާކް ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވާ ޤައުމުތަކުގެ މަންދޫބުން ރާއްޖެ އަންނަން ފަށައިފި.

މިމަހު 24 ން 26 އަށް ރާއްޖޭގައި ބާއްވާ ސާކް ހޯމް މިނިސްޓަރުންގެ

ބައްދަލުވުމުގައި ބައިވެރިވާ ވަފުދުތަކުގެ މަންދޫބުން ރާއްޖެއަށް

އަންނަންފަށައިފިއެވެ.

މިބައްދަލުވުމުގައި ބައިވެރިވާ ޤައުމުތަކުގެ ތެރެއިން އަފްގާނިސްތާނުގެ ވަފްދުގެ ބޭފުޅުން މިއަދު ވަނީ ރާއްޖެ އައިސްފައެވެ. މިރެއާއި މާދަމާ ގިނަ ވަފުދުތަކެއް ރާއްޖެ ވަޑައިގަންނަވާނެއެވެ. މިބައްދަލުވުން އޮންނާނީ ބަޑޮސް އައިލެންޑް ރިސޯޓްގައެވެ. މިބައްދަވުމާބެހޭ އެންމެފަހުގެ ތައްޔާރީތައް ހޯމް މިނިސްޓްރީގެ މުވައްޒަފުން މިހާރުދަނީ ކުރަމުންނެވެ.