ސާކް ހޯމްމިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވާ ވަފުދުތައް ސެޕްޓެމްބަރ 22 ގައި އަންނަން ފަށާނެ

މިމަހުގެ 24 ން 26 އަށް ރާއްޖޭގައި އޮންނަ ސާކް ހޯމްމިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވާ ސާކްގެ ގައުމުތަކުގެ ވަފުދުތައް މިމަހުގެ 22 ގައި ރާއްޖެ އަންނަން ފަށާނެއެވެ.

ސާކް ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގެ ކުރިން ފުރަތަމަ އޮންނާނީ ސާކް އިމިގްރޭޝަން އޮތޯރިޓީގެ ބައްދަލުވުމެވެ. އެއަށްފަހު ސާކް ހޯމް ސެކްރެޓަރީންގެ ބައްދަލުވުމެވެ. 26 ވަނަ ދުވަހު އޮންނާނީ ސާކް ހޯމްމިނިސްޓަރުންގެ ބައްދަލުވުމެވެ.

މިބައްދަލުވުންތައް ހިންގަމުންދާނީ ބަނޑޮސްއައިލެންޑް ރިސޯޓުގައެވެ.

ދިވެހިރާއްޖޭގެ އިތުރުން ސާކް 7 ގައުމުން މިބައްދަލުވުމުގައި ބައިވެރިވާނެއެވެ. އެއީ ބަނގްލަދޭޝް،

ސްރީލަންކާ، އިންޑިޔާ، ނޭޕާލް، ބޫޓާން ޕާކިސްތާން އަދި އަފްޣާނިސްތާނެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ފަރާތުންވެސް ކަރުދާސް ހުށަހަޅާނެއެވެ.