މިނިވަން ދުވަހުގެ ކުޅިވަރުތައް ބާއްވައިފި

މިއަހަރުގެމިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެއްސި

ހެވިކަމާއި ކުޅިވަރުގެ ޙަރަކާތްތައް ރޭ ގަލޮޅު ރަސްމީ ދަނޑުގައި

ބާއްވައިފިއެވެ.  މިރަސްމިއްޔާތު ޝަރަފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަންމަދު ވަޙީދު ޙަސަން މަނިކެވެ.

ރާއްޖޭގެ 47 ވަނަ  މިނިވަންދުވަސް  ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި  މުޙްޔިއްދީން ސްކޫލާއި  އަމީނިއްޔާ ސްކޫލާއި  ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ ސްކޫލްގެ އިތުރުން އެމް އެން ޑީ އެފްގެ ފަރާތުން އައިޓަމްތައް ހުށަހަޅާދިނެވެ.

ރަސްމިއްޔާތުގައި އެމް.ޑީ އެފް އާއި ނެޝަނަލްކެޑޭޓުކޯގެ ފަރާތުން ޝަރަފުގެ ގާޑްއެރުވުންވެސް އޮތެވެ.