މިނިވަން ދުވަހުގެ ކުޅިވަރުތައް ވިއްސާރަވުމުގެ ސަބަބުން ފަސްކުރުމަށްފަހު މިރޭ ބާއްވާގޮތަށް ހަމަޖެހިއްޖެ

މިއަހަރު މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑުގެކުޅިވަރު

ހަރަކާތްތައް ވިއްސާރަވުމުގެ ސަބަބުން ފަސްކުރުމަށް މިރޭ (2012 ސެޕްޓެމްބަރ 9 ވާ

އާދީއްތަ ދުވަހުގެރޭ) ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއަހަރު ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ

ބޯޅަދަނޑުގައެވެ. މިކުޅިވަރުތަކުގައި ބައިވެރިވެފައިވަނީ އެމްއެންޑީއެފް، މުޙްޔިއްދީން ސްކޫލް، އަމީނިއްޔާ ސްކޫލް އަދި ސީއެޗްއެސްގެ ފަރާތުންނެވެ.

މިރަސްމިއްޔާތުގައި ގައުމީ ކެޑޭޓުކޯގެ ފަރާތުން ޝަރަފުގެ ގާޑުއެރުވުންވެސް އޮންނާނެއެވެ.