ކައުންސިލްތަކުން ސަރުކާރާ ރައްޔިތުންގެ މުދާ ސަލާމަތްކުރުމަށް އެލް.ޖީ.އޭ ގެ ރައީސް ގޮވާލައްވައިފި

ކައުންސިލްތަކުން ސަރުކާރާ ރައްޔިތުންގެ މުދަލާ، ރަށުގެ އަމާންއަމާންކަން ދެމެހެއްޓުމަށް އެދި

އެލް.ޖީ.އޭ ގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ.މުޙަންމަދު

ޖަމީލު އަޙްމަދު ގޮވާލައްވައިފިއެވެ.

ރޭ ދިޓީވީގައި ވާހަކަދައްކަވަމުން ޑރ.ޖަމީލު ވިދާޅުވީ ކޯނީގެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ

ރަށްރަށުގައި ހިނގާފާނެ ހަމަނުޖެހުމަކުން ސަރުކާރާ ރައްޔިތުންގެ މުދާ

ޙިމާޔަތްކުރުމަކީ ކައުންސިލްތަކުގެ މަސްއޫލިއްޔަތެއްކަމަށާއި އެމަސްއޫލިއްޔަތު

ކައުންސިލްތަކުން އަދާކުރެއްވުމަށެވެ.

މިޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިތުރަށް ވިދާޅުވީ ސިޔާސީ ޙަރަކާތްތަކުގެ ތެރެއިން ޖިނާއީ

ކުށްކުރާ ފަރާތްތަކާމެދު ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތިން

ޢަމަލުކުރަމުން ގެންދާނެ ކަމަށާއި އަދި ކުށެއްކުރަން އުޅޭކަމަށް ތުހުމަތުކުރެވޭ

ފަރާތްތަކާމެދުވެސް ފިޔަވަޅުއަޅުއްވާނެކަމަށެވެ.

"އަޅުގަނޑުވާނީ ފުލުހުންނަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ރައްޔިތުންގެ މުދަލާ ސަރުކާރުގެ މުދާ ޙިމާޔަތްކުރަން

އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ދަންނަވާފައި. ވީމާ، އެދުވަހު ހަމަނުޖެހުން

ހިންގުމަށް އަޅުގަނޑުމެން ފުރުޞަތެއްނުދޭނަން" މިނިސްޓަރ ޑރ. ޖަމީލު ވިދާޅުވިއެވެ.