މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދަނޑުގެ ކުޅިވަރު ބާއްވާނެ ތާރީޚެއް ހަމަޖެހިއްޖެ

މިއަހަރު މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑުކުޅިވަރު ހަރަކާތްތަކެއް ރޯދަމަހާ ދިމާވުމާގުޅިގެން ފަސްކުރުމަށްފަހު އަންނަ ސެޕްޓެމްބަރ މަހު 6 ވަނަ  ދުވަހުގޭ ރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މިއަހަރުގެ ދަނޑުހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ބޯޅަދަނޑުގައެވެ. މިކުޅިވަރުތަކުގައި ބައިވެރިވެފައިވަނީ އެމްއެންޑީއެފް، މުޙްޔިއްދީން ސްކޫލް، އަމީނިއްޔާ ސްކޫލް އަދި ސީއެޗްއެސްގެ ފަރާތުންނެވެ. މިރަސްމިއްޔާތުގައި ގައުމީ ކެޑޭޓުކޯގެ ފަރާތުން ޝަރަފުގެ ގާޑުއެރުވުން އޮންނާނެއެވެ.