މިނިސްޓަރ އޮފް ހޯމއެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާ ވަޑައިގެންފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ރޭ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ.

މިދަތުރުފުޅުގެ ބޭނުމަކީ ހޯމްމިނިސްޓްރީއާއި ފުލުހުންނާ ގުޅޭ ބައެއްކަންކަން ހަމަޖެއްސެވުމެވެ. މިދަތުރުފުޅުގައި ސްރީލަންކާގައި ތިއްބަވާ ބައެއް ޤައުމުތަކުގެ އެމްބެސެޑަރުންނާވެސް ބައްދަލުކުރައްވާނެއެވެ.

މިދަތުރުފުޅުގައި މިނިސްޓަރ އަރިހުގައި ސްޓޭޓްމިނިސްޓަރ މުޙަންމަދު ފަޔާޒާއި ޙުސައިން މަނިކުދޮންމަނިކު ބައިވެރިވެވަޑައިގަންނަވައެވެ.