ސައުތު އޭޝިއަން ފޮރ ހިއުމަންރައިޓްސް މިޝަންގެ މެންބަރުންނާ ހޯމްމިނިސްޓަރ ޑރ. މުހައްމަދު ޖަމީލު އަޙުމަދު ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ސައުތު އޭޝިއަން ފޮރ ހިއުމަންރައިޓްސްގެ މިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު މިމިނިސްޓްރީގެ ކޮންފަރެންސް ރޫމްގައި ބޭއްވި ބައްދަލުވުމުގައި އެބޭފުޅުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރ ޖަވާބުދެއްވިއެވެ. އަދި މިނިސްޓްރީގެ ސިޔާސަތުތަކާއި ސަރުކާރުން ޢަމަލުކުރަމުންދާގޮތްވެސް ސާފުކޮށްދެއްވިއެވެ.

މިނިސްޓަރގެ އިތުރުން މިބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ މުޙަންމަދު ފަޔާޒުވެސް ބައިވެރިވެ ވަޑައިގަތެވެ.