މިނިވަންދުވަހުގެ މުނާސަބަތުގައި ސްކޫލް ކުދިންގެ ވާހަކަދެއްކުމުގެ މުބާރާތެއް ބާއްވައިފި

ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގުޅިގެން މިނިވަންދުވަހުގެ މުނާސަބަތުގައި ސްކޫލް ކުދިންގެ ވާހަކަދެއްކުމުގެ މުބާރާތެއް ބާއްވައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދެވުނީ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުން އެންމެ މޮޅު 5 ސްކޫލަށެވެ. ދައުވަތު ގަބޫލުކޮށް މުބާރާތުގައި ބައިވެރިވީ 4 ސްކޫލެކެވެ. އެސްކޫލްތަކަކީ މަނީދިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، ހިރިޔާ ސްކޫލް އަދި ތާޖުއްދީން ސްކޫލެވެ.

މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ސްކޫލް ކުދިންގެ ހިތްތަކުގައި ޤައުމީރޫހު އާލާކުރުމެވެ.

މުބާރާތް ބޭއްވުނީ ޖުލައި 27 ވަނަ ދުވަހުގެރޭ ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައެވެ. މުބާރާތުގެ ނަތީޖާ ފަހުގެ ތާރީޚެއްގައި އިޢުލާން ކުރެވޭނެއެވެ.