މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވައިފި

މިއަހަރު މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބާއްވައިފިއެވެ. މިނިވަންދުވަގެ ރަސްމީ ޕްރޮގްރާމް ފެށިގެންދިޔައީ ޖުލައި 25 ވަނަ ދުވަހުގެރޭ ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ބޭއްވެވި ރަސްމީ ޙަފްލާއިންނެވެ. މިކަންއޮތީ ޤައުމީ ދާރުލްއާޘާރުގައެވެ. ޖުލައި 26 ވަނަ ދުވަހުގެރޭ 10 ޖެހިއިރު ދިދަނެގުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުނެވެ. މިރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއެްކެވިއެވެ. ޖުލައި 28 ވީ ހޮނިހިރު ދުވަހުގެރޭ 9:30 ގައި މާލޭގެ ބޮޑެތި މަގުތަކުގައި ޤައުމީ ކެޑޭޓް ކޯ ގެ ފަރާތުން ޕެރޭޑާއި އެކު ރޫޓްމާޗެއް ބޭއްވިއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ރޭއްވުނު ކުޅިވަރުތައް ރަމަޟާންމަހާއި ގުޅިގެން ވަނީ ފަސްކުރެވިފައެވެ.