މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޕްރޮގްރާމް މިރޭފެށޭނެ

މިއަހަރު މިނިވަން ދުވަހުގެ ރަސްމީ ޕްރޮގްރާމް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނެރުއްވައިފިއެވެ. މިނިވަންދުވަގެ ރަސްމީ ޕްރޮގްރާމް ފެށިގެންދަނީ ޖުލައި 25 ވަނަ ދުވަހުގެރޭ (މިރޭ) ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ޙަފްލާއިންނެވެ. މިކަންއޮންނަނީ މިރޭ 10 ޖަހާއިރު ޤައުމީ ދާރުލްއާޘާރުގައެވެ. ޖުލައި 26 ވަނަ ދުވަހުގެރޭ 10 ޖަހާއިރު ދިދަނެގުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި އޮންނާނެވެ. މިރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ.

ޖުލައި 28 ވާ ހޮނިހިރު ދުވަހުގެރޭ 9:30 ގައި މާލޭގެ ބޮޑެތި މަގުތަކުގައި ޤައުމީ ކެޑޭޓް ކޯ ގެ ފަރާތުން ބާއްވާ ޕެރޭޑާއި ރޫޓްމާޗެއް އޮންނާނެއެވެ.