ގައުމީ އިދާރާތައް އުވާލުމާއި ގުޅިގެން އެ އިދާރާތަކުންނާއި ޔުނިޓް ތަކުން ކުރަމުން އައި މަސައްކަތްތައް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ހަވާލުކުރުމުގެ

ގައުމީ އިދާރާތައް އުވާލުމާއި ގުޅިގެން އެ އިދާރާތަކުންނާއި ޔުނިޓް ތަކުން ކުރަމުން އައި މަސައްކަތްތައް ރަށު ކައުން ސިލްތަކާއި އަތޮޅު ކައުންސިލްތަކާ ހަވާލުކުރުމަށްޓަކައި ކައުންސިލްތަކާއި ސަރުކާރާ ދެމެދު ވެވޭ އާންމު އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ފެށިއްޖެއެވެ. މިގޮތުން ނ.އަތޮޅު ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު މިމިނިސްޓްރީ ގައެވެ.

މި އެއްބަސްވުމުގައި މި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ.މުހައްމަދު ޖަމީލު އަހުމަދުއެވެ. އަދި ނ.އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ނ.އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް އަހްމަދު އަލީ މަނިކުއެވެ.