މަދަނީ ތަޢްލީމުގެ ޤައުމީ ކެމްޕެއިނުގެ ތެރެއިން މައުލޫމާތު ޙައްޤުގެ ދަށުން ޖަމްޢިއްޔާތަކުގެ ބޭފުޅުންނަށް ޓްރޭނިންގ ޕްރޮގްރާމް ހިންގައިފި

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގަވާއިދަށް ޖަމްޢިއްޔާތަކުގެ ބޭފުޅުން އަހުލުވެރިކުރުވުމަށްޓަކައި ހިންގާ ޓްރޭނިންގ ޕްރޮގްރާމްގެ ފުރަތަމަ ބުރުު (24 މެއި 2012) ވަނީ 10:00 ން 11:00ށް  މިމިނިސްޓްރީގެ ކޮންފަރެންސް ހޯލްގައި ބޭއްވިފައެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދި 17 ޖަމްއިއްޔާއަކަށް ދައުވަތު ފޮނުވުމުން، ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަތީ 8 ޖަމްޢިއްޔާއަކުން 12 ބޭފުޅުންނެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގަވާއިދާބެހޭގޮތުން މައުލޫމާތުދީ، ޖަމްއިއްޔާތަކުން ކުރި ސުވާލުތަކަށް ޖަވާބުދެއްވީ ޑެޕިއުޓީ ޑިރެކްޓަރ ޖެެނެރަލް އަލްފާޟިލް އަހުމަދު ޝިޔާމެވެ.