ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވަން ނިންމައިފި

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވަން ނިންމައިފިއެވެ.

ޝަހީދންގެ ދުވަހުގެ ރަސްމީ ޖަލްސާ ނުބާއްވާގޮތަށް ނިންމީ ކޮވިޑް19 ން ރައްކާތެރިވުމަށްޓަކާ ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް ކަމާގުޅުންހުރި މުއައްސަސާތަކުން ބާރު އަޅަމުންދާތީއެވެ. މިނިންމުން ނިންމީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ އެގްޒެކްޓިވް ކޮމިޓީގެ ލަފާގެ މަތިންނެވެ. މިނިންމުން ނިންމި ނަމަވެސް ގިނަ މީހުން އެއްވުން ނުހިމެނޭގޮތަށް ޝަހީދުންގެ ދުވަސް ފާހަގަކުރާނެއެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް މިއަހަރު ރާވާފައިވާ ހަރަކާތްތަކަކީ ޓީވީ ޗެނަލްތައް މެދުވެރިކޮށް ދުވަހާ ގުޅޭ ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިއުމާއި، ދުވަހާގުޅޭ ޚާއްޞަ ވީޑިއޯ ރިޕޯރޓެއް ދެއްކުމެވެ. މީގެއިތުރުން ދުވަހާގުޅޭ މުޙިއްމު މައުލޫމާތުތައް ސޯޝަލް މީޑިޔާގެ ޒަރީޔާއިން ޙިއްޞާކުރާނެއެވެ.

މިއަހަރުގެ ޝަހީދުންގެ ދުވަސް ދިިމާވަނީ މިމަހުގެ 25 ވަނަ ދުވަހާއެވެ.