މޯލްޑިވްސް މީޑިއާ ކައުސިލުން ހުސްވެފައިވާ ޢާންމު މެންބަރުގެ މަގަމަށް މުޙައްމަދު ޔާމީން އިބްރާހީމް ހޮވިއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ ޢާންމު މެންބަރުގެ މަގާމަށް އަލްފާޟިލް މުޙައްމަދު ޔާމީން އިބްރާހީމް، ދަފްތަރު ނަންބަރު ރސ 11830 އިންތިޚާބުކޮށްފިއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ބޭއްވި މިއިންތިޚާބުގައި ވާދަކުރެއްވީ 2 ކެންޑިޑޭޓުންނެވެ. އެއީ އަލްފާޟިލް މުޙައްމަދު ޔާމީން އިބްރާހީމް، ދަފްތަރު ނަންބަރު ރސ 11830 އާއި އަލްފާޟިލް އަހްމަދު ނަޝީދު ޙުސައިން، ދަފްތަރު ނަންބަރު ރސ 1890 އެވެ. އަލްފާޟިލް މުޙައްމަދު ޔާމީން އިބްރާހީމަށް ލިބިލެއްވީ 24 ވޯޓެވެ.

މިއިންތިޚާބުގައި ވޯޓްލީ 24 ފަރާތަކުންނެވެ. ވޯޓު ލުމަށް ރަޖިސްޓްރީކޮށްފައިވަނީ 25 ފަރާތަކުންނެވެ.