މޯލްޑިވްސް މީޑިއާ ކައުސިލުން ހުސްވެފައިވާ ޢާންމު މެންބަރު އިންތިޚާބު ކުރުން މާދަމާ އޮންނާނެ

މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ މަގާމަށް ޢާންމު މެންބަރެއް އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން މާދަމާ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޮންނާނެއެވެ.

މި އިންތިޚާބުގައި ވޯޓްލުން ކުރިއަށްގެންދާނީ މާދަމާ (2019 ނޮވެމްބަރ 23) މެންދުރުފަހު 02:00 ން 03:00 އަށެވެ. ވޯޓް ލުމަށް ރަޖިސްޓްރީކޮށްފައިވަނީ 25 ފަރާތަކުންނެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 15 މެމްބަރުންގެ މައްޗަށެވެ. އެއީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންނެވެ.