ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ރާއްެޖެ ޓީވީއާ ގުޅިގެން ޕެނަލްޑިސްކަޝަނެއް ކުރިއަށްގެންގޮސްފިއެވެ.

ޖުމްހޫރީ ދުވަހުގެރޭ ރާއްޖެ ޓީވީން ދެއްކި ޕެނަލްޑިސްކަޝަން ކުރިއަށްގެންދިޔައީ "ޖުމްހޫރީ ވެރިކަން " މިތީމްގެ ދަށުންނެވެ. ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އައިމަން ރަޝީދާއި، މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސަރޗް އެނަލިސްޓް އަހުމަދު އަލާ ދީދީއާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ އަދި ނޫސްވެރިޔާ މުޙައްމަދު ސަލީމެވެ. މޮޑަރޭޓަރަކީ މިނިސްޓްރީގެ ޑިރެކްޓަރ ނަސްމާ އަބުދުލް މުހުސިންއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ބޭއްވީ މިމަހުގެ 10 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައެވެ. ޕެނަލް ޑިސްކަޝަން ރާއްޖެޓީވީން ދެއްކީ 11 ވަނަ ދުވަހުގެރެއެވެ.