ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 15 ވަނަ ބައްދަލުވުން މިއަދު ފެށޭނެ

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 15 ވަނަ ބައްދަލުވުން މިއަދު ފެށޭނެއެވެ. މި މަޝްވަރާ ބައްދަލުވުންތަކަކީ ދިވެހި ޒުވާނުންގެ މެދުގައި ފަރުދީ ޒިންމާ ނަގަން ދަސްކޮށް ދިނުމަށާއި ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ޔޫތް ލީޑާސް ނެޓްވޯކް ގުޅިގެން ހިންގާ 3 ދުވަހުގެ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން އއ. މަތިވެރީގައި ހިންގަން ކަނޑައަޅާފައިވާ ހަރަކާތެކެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 3 ދުވަހަށް ބަހާލައިގެން މައުލޫމާތު ދިނުމާއި، މަޝްވަރާކުރުމާއި، ކަނޑައަޅާ މައުޟޫތަކަށް ބައިވެރިންގެ ގްރޫޕަތަކުން ޕަބްލިކް އެންގޭޖްމަންޓް އެކްޓިވިޓީއެއް އަދި ޕެނަލް ޑިސްކަޝަން އެއް ކުރިއަށް ގެންދިޔުމަށެވެ. މީ މިއަހަރު ބޭއްވޭ 4 ވަނަ ފޯރަމެެވެ.