ޓްރެފިކަށް ހޭލުން ތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ޓްރެފިކް ޤަވާއިދުތަކަށް ހޭލުންތެރި ކުރުމުގެގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މުވައްޒަފުންނަށް ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމަކީ މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމާއި، އެއްގަމު އުނޅަދު ދުއްވާ ފަރާތްތަކާއި، ހިނގާބިގާވެ އުޅޭ ފަރާތްތަކަކީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިހުރި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރާ ބަޔަކަށް ހެދުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ހެންވޭރު ބޯޅަގޭގެ ސެމިނަރ ރޫމުގައެވެ.