ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ބާއްވަނީ

ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނަށް ޔުނިވަރސިޓީ/ކޮލެޖުތަކުގެ ދަރިވަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ސެޝަނެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިސެޝަން ނަންގަވާ ދެއްވާނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ލީގަލް ސެކްޝަންގެ އެސޯސިއޭޓް ލީގަލް ކައުންސެލް އަލްއުސްތާޛާ އާމިނަތު ނަބީލާ އިބްރާހިމް ނަޞީރެވެ. މިސެޝަން އޮންނާނީ 05 އޮކްޓޫބަރ 2019 ވާ ހޮނިހިރު ދުވަހުގެ 16:00 ން 17:00 އަށެވެ.

މިއަހަރު މިހާތަނަށް މިޤާނޫނަށް އަހުލުވެރިކުރުމަށް 03 ސެޝަނެއް ވަނީ ހިންގިފައިވެއެވެ. އެއީ ސައިރިކްސް ކޮލެޖް، މައި ކޮލެޖް، އެމްއެންޔޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގުނު ސެޝަން ތަކެކެވެ.