ބައިނަލްއަޤްވާމީ އަހިންސާ ދުވަހުގެ މުނާސަބަތުގައި ބާއްވާ ވާހަކަދެއްކުމުގެ މުބާރާތް މާދަމާރޭ ފަށާނެ

ބައިނަލްއަޤްވާމީ އަހިންސާ ދުވަހުގެ މުނާސަބަތުގައި ބާއްވާ ވާހަކަދެއްކުމުގެ މުބާރާތް މާދަމާރޭ ފަށާނެއެވެ.

މުބާރާތް ކުރިއަށްދާނީ މާދަމާރޭ 8-11 އަށް އަދި ހުކުރު ދުވަހުގެރޭ 8-11 އަށް ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ.

މިއީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔުނިއަން ގުޅިގެން ބާއްވާ މުބާރާތެކެވެ. މިމުބާރާތް ހުޅުވާލީ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، މުޢައްޞަސާތަކާއި، ފެކަލްޓީތަކާއި، މަރުކަޒުތަކާއި، މަތީސާނަވީ އިސްކޫލްތަކަށެވެ. މުބާރާތުގައި ޤައުމީ ޔުނިވަރސިޓީގެ 5 ފެކަލްޓީއަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިން ވާހަކަދައްކާނީ ދުވަހާ ގުޅޭގޮތުން އެކުލަވާލާފައިވާ މައުލޫތަކަށެވެ. މިއީ ވަނަހޮވާ ގޮތަށް ކުރިއަށްގެންދާ މުބާރާތެކެވެ.

އަހިންސާ ދުވަހަކީ ދުނިޔޭގައި އޯގާވެރިކަމާއެކު މީސްތަކުން ޤަބޫލުކުރާ ހަމަތަކާ އުޞޫލުތަކުގެ ތެރެއިން އެންމެނަށް ޞުލުހަވެރި ކަމާއެކު ދިރިއުޅުމށް ގޮވާލާ ދުވަހެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.