"ދިވެހި ސިޔާސީ ތާރީޚު ދެނެގަތުން" ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލުން

"ދިވެހި ސިޔާސީ ތާރީޚު ދެނެގަތުން" ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހޯމްއާފެއާޒުން މީޑިއާތަކަށް އަމާޒުކޮށް ދިވެހި ތާރީޚާ މެދު ހޭލުންތެރިކަން އިތުރުކޮށް، ޤައުމީ ކަންކަމުގައި ނޫސްވެރިންގެ މައުލޫމާތު މުއްސަނދިކޮށް، ޤައުމިއްޔަތު ދިރުވާ އާލާކުރުމުގައި ނޫސްވެރިންގެ ދައުރު ފުޅާކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެކެވެ. ވޯކްޝޮޕްގައި ސެޝަންތައް ނަންގަވާދެއްވާނީ ކަމުގެ ޢިލްމު ލިބިވަޑައިގެންތިއްބެވި ބޭފުޅުންނެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ އިޢުލާންގައިވާގޮތުން ވޯކްޝޮޕްގައި ބައިވެރިވެވޭނީ މިމިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ މީޑިޔާތަކުގައި މަސައްކަތްކުރައްވާ ނޫސްވެރިންނަށެވެ. މިކަމަށް އެދޭފޯމް މިމިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ. ވޯކްޝޮޕްގަައި ބައިވެރިވުމަށް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 2019 އޯގަސްޓް 22 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.