"ދިވެހި ސިޔާސީ ތާރީޚު ދެނެގަތުން" ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލުން

"ދިވެހި ސިޔާސީ ތާރީޚު ދެނެގަތުން" ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލުން

މިނިސްޓްރީ އޮފް ހޯމްއާފެއާޒުން މީޑިއާތަކަށް އަމާޒުކޮށް ދިވެހި ތާރީޚާ މެދު ހޭލުންތެރިކަން އިތުރުކޮށް، ޤައުމީ ކަންކަމުގައި ނޫސްވެރިންގެ މައުލޫމާތު މުއްސަނދިކޮށް، ޤައުމިއްޔަތު ދިރުވާ އާލާކުރުމުގައި ނޫސްވެރިންގެ ދައުރު ފުޅާކުރުމަށް ހިންގާ މަސައްކަތުގެ ތެރެއިން "ދިވެހި ސިޔާސީ ތާރީޚު ދެނެގަތުން" މިމައުޟޫއަށް ވޯކްޝޮޕެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 6 ން 7 ށް މާލޭގައެވެ. ވޯކްޝޮޕްގައި ސެޝަންތައް ނަންގަވާދެއްވާނީ ކަމުގެ ޢިލްމު ލިބިވަޑައިގެންތިއްބެވި ބޭފުޅުންނެވެ.

ވީމާ، މިމިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ މީޑިޔާތަކުގައި މަސައްކަތްކުރައްވާ ނޫސްވެރިން މިކަމަށް އެދޭފޯމް ފުރުއްވުމަށްފަހު 2019 އޯގަސްޓް 22 ވަނަ ދުވަހުގެ މެންދުރު 13:00 ގެ މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށްއެދޭފޯމް މިމިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv ގެ ޑައުންލޯޑް ކުރެވޭނެއެވެ.

26 ޛުލްޤަޢިދާ 1440

29 ޖުލައި 2019

"ދިވެހި ސިޔާސީ ތާރީޚު ދެނެގަތުން" ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލުން

"ދިވެހި ސިޔާސީ ތާރީޚު ދެނެގަތުން" ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯމް