އެލައިޑް އިންޝުއަރެންސް އިން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

އެލައިޑް އިންޝުއަރެންސް އިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މުވައްޒަފުންނަށް، މަޢުލޫމާތު ދިނުމުގެގޮތުން މިއަދު ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަނަކީ އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ – އަޔާދީ ތަކަފުލްއިން އިސްލާމިކް އިންޝުއަރެންސާބެހޭގޮތުން މިނިސްޓްރީ ތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ހިންގަމުންދާ ހޭލުންތެރި ކުރުމުގެ ސެޝަންތަކުގެ ތެރެއިން، މިމިނިސްޓްރީގައި ބޭއްވުނު ސެޝަނެކެވެ.

މިސެޝަންގައި މިމިނިސްޓްރީގެ ގިނައަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.