ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް ފަށައިފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން ކޮލެޖް ޔުނިވަރސިޓީގެތަކުގެ ދަރިވަރުންނަށް ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ސެޝަންތަކެއް ނަގާދޭން ފަށައިފިއެވެ. މިގޮތުން ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ސައިރިކްސް ކޮލެޖްގެ ދަރިވަރުންނަށެވެ. އެޔުނިވަރސިޓީގެ ގަލޮޅު ކެމްޕަހުގައި ބޭއްވި މިސެޝަނުގައި އެކޮލެޖްގެ 56 ދަރިވަރުން ބައިވެރިވިއެވެ.

މިސެޝަން ނަންގަވާދެއްވީ މިނިސްޓްރީގެ ލީގަލް ސެކްޝަނުގެ އެސޯސިއޭޓް ލިގަލް ކައުންސެލް އަލްއުސްތާޛާ އާމިނަތު ނަބީލާ އިބްރާހީ ނަޞީރެވެ.